Jump to content

މައި ޞަފްޙާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދިވެހި ވީކިޕީޑިއާ އަށް މަރުޙަބާ،
މިއެކުމާފާނަކީ ކޮންމެ ބޭފުޅަކަށް ވެސް މިނިވަންކަމާ އެކު އުނިއިތުރު ގެނެވޭނެ އެކުމާފާނެކެވެ.
މިހާތަނަށް ދިވެހިބަހުން ޝާއިޢު ކުރެވިފައިވާ ލިޔުމުގެ ޢަދަދަކީ 3,101 އެވެ.

މި ހަފްތާއަށް ހޮވާލެވިފައިވާ ލިޔުން

މައުމޫން ޢަބްދުލް ޤައްޔޫމް
މައުމޫން ޢަބްދުލް ޤައްޔޫމް

މައުމޫން ޢަބްދުލް ޤައްޔޫމް (އުފަންވެ ވަޑައިގަތީ 29 ޑިސެމްބަރ 1937) އަކީ 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ބޭފުޅާއެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހީމް ނާޞިރު އަށް ފަހު ގައެވެ. ތިރީސް އަހަރުގެ ދިގު ވެރިކަމެއްކުރި، އެމަނިކްފާނު ހިމެނިފަވަނީ، އޭޝިއާ ބައްރުގެ އެންމެގިނަ ދުވަހު ވެރިކަމެއް ކުރި މީހުންގެ ތެރޭގައެވެ. މައުމޫން ހަވަނަ ދައުރަކައް ޤާނޫނީ ހުވައި ކުރެއްވީ 2003 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ހެދި އާ ޤާނޫނު އަސާސީ އަށްފަހު ދިވެހިރާއްޖެ ދިމިޤްރާޠީ ނިޒާމަކަށް ބަދަލުކޮށް، ބޭއްވި ރިޔާސީ އިންތިޙާބުން، މައުމޫން ބަލިވެ، މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމަށް އިސްވެވަޑައިގަތެވެ. (އަދި އިތުރަށް...)

ކުރިން: އެލިޒަބަތު ދެވަނަ

ދެނެވަޑައިގަންނަވަމުތޯ ...

  • ... ރާއްޖެއަކީ އޭޝިއާގެ އެންމެ ކުޑަ ގައުމެވެ.
  • ...ދިވެހިރާއްޖެއަކީ ދެކުނު އޭޝިޔާގެ ބޮލަކަށް އެންމެ ބޮޑު ޖީޑީޕީ އޮންނަ ގައުމެވެ.
  • ...ދިވެހިރާއްޖެއަކީ އަކީ ފުރަތަމަ ކަނޑު އަޑީގައި ކެބިނެޓް ބައްދަލުވުން ބޭއްވި ގައުމެވެ.
  • ....ކޮންމެ ފުއްޕާމޭ އެއްގައި ގާތްގަނޑަކަށް 300 މިލިޔަން ނޭވާލާ ޔުނިޓް ނުވަތަ ކުދި ވައިކޮތަޅު ހުރެއެވެ.
  • ...ދުވާލެއްގެ މައްޗަށް ބައި ލިޓަރަށްވުރެ ގިނަ ފެން ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑުން ބީވެގެން ދެއެވެ.
  • ...އާފުރުމަކީ ނޭވާލާ ނިޒާމްގައި ހިމެނޭ މައި ގުނަވަން ފުއްޕާމެޔަށް އޮކްސިޖަން ލިބުން އިތުރުކޮށްދޭ ކަމެކެވެ. އާފުރެން ދިމާވަނީ ނިދިއަންނަގޮތް ވުމުން ފުއްޕާމެޔަށް އޮކްސިޖަން ލިބުން މަދުވެ، އެކަން ސިކުނޑިއަށް އިހްސާސް ކުރެވި،ފުން ނޭވާއެއް ލުމުގެ މެސެޖް ސިކުނޑިން ފޮނުވާލާތީ އެވެ.
  • ...އިންސާނާ ނޭވާލާ ކޮންމެ ފަހަރަކު ހަށިގަނޑަށް 13 ޕިންޓްގެ ވައި އެތެރެވެގެން ދެއެވެ.
  • ...ދުވާލެއްގެ މައްޗަށް 22 ހާސް ފަހަރު އިންސާނާ ނޭވާލައެވެ. މީގެ ތެރޭގައި އެތެރެއަށް ނޭވާލުމާއި ބޭރަށް ނޭވާލުން ހިމެނެއެވެ.
  • ...ކިނބިހިއެޅެނީ ނޭފަތުގެ ތެރޭގައި ހުންނަ ނާޒުކު ތެތް ދުލިފަށުގައި ހަށިގަނޑާއި ބީރައްޓަހި މާއްދާއެއް ބީހިލުމުން، އެމާއްދާއެއް ހަށިގަނޑުން ބޭރުކޮށްލުމަށްޓަކައެވެ.

ޚަބަރުގައި ...

  • އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން (ތަޞްވީރުގައި) 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ވަކިވެވަޑައިގެެންްފިއެވެ.
  • ވިއެޓުނާމުގެ ޖެނެރަލް ސެކްރެޓަރީ އަދި ކުރީގެ ރައީސް ންގްޔެން ފޫ ޓްރޮންގް އުމުރުން 80 އަހަރުގައި އަވަހާރަވެއްޖެ އެވެ.
  • ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ގައުމީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ނިއު ޕޮޕިއުލަރ ފްރަންޓުންނެވެ.
  • އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ލޭބާ ޕާޓީން ކާމިޔާބުކޮށް، ބޮޑުވަޒީރު ކަމަށް ކިއަރ ސްޓާމަރ ވެއްޖެއެވެ.

ތާރީޚުގެ ތެރެއިން ޖުލައި މަސް

އަދި އިތުރަށް...

މި ހަފްތާއަށް ހޮވާލެވިފައިވާ ތަޞްވީރު

ޖޯން އެޑަމްސް
ޖޯން އެޑަމްސް

ޖޯން އެޑަމްސް އަކީ އެމެރިކާގެ ދެވަނަ ރައީސެވެ. އޭނާ ރައީސް ކަން ކުރައްވާފައިވަނީ 1797 ން 1801 އަށެވެ. 1800 ވަނަ އަހަރުގެ އިންގިލާބާއި ގުޅިގެން ބޭއްވުނު އިންތިޚާބުގައި ތޯމަސް ޖެފަރސަން އާއި ވާދަ ކުރައްވައި ބަލިވެ ވަޑައިގެންނެވި އެވެ. ޖޯން އެޑަމްސް އަކީ އެެމެރިކާގެ ފުރަތަމަ ރިޔާސީ ދައުރުގެ ނާއިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނާއިބު ރައީސް ކަމުގައި 1789ން 1797 އަށް ހުންނެވި އެވެ. 30 އޮކްޓޯބަރު 1735 ގައި އުފަންވެ ވަޑައިގަތް ޖޯން އެޑަމްސް އަކީ އެމެރިކަން އިންގިލާބުގައި މާސަޗޫސެޓްސްގައި ހުންނެވި ސްޕަންސަރ އެވެ. އަދި 1770ގައި މާސަޗޫސިޓްސްގެ ޑިޕްލޮމެޓަކަށް ހަމަޖެހުނެވެ. 1776 ގައި އެމެރިކާ މިނިވަން ކުރުމަށްޓަކައި ޖޯޖް ވޮޝިންގޓަން އާއި ގުޅިވަޑައިގަތް ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. ތޯމަސް ޖެފަރސަން ވިސްނަވާގޮތުން ޖޯން އެޑަމްސް އަކީ ކްލޯސަސް އޮފް އިންޑިޕެންޑެންސް އެވެ. ލިޔުންތެރިއެއްގެ ހައިސިއްޔަތުން އެމެރިކާގެ ސިޔާސީ ނިޒާމް ބައްޓަން ކުރުމަށް ތަފާތު ޚިޔާލުތައް ޖޯން އެޑަމްސް ދެއްވާފައި ވެއެވެ.

ކްރެޑިޓް: ގިލްބަރޓް ސްޓޫއާޓް

ވިކިޕީޑިއާގެ އެހެން ސަރަހައްދުތައް

  • އެހީ މޭޒު — ބޭނުންކުރާނެ ގޮތާއި ނުވަތަ އުނި އިތުރުކުރާނެ ގޮތާ ބެހޭ ސުވާލުކުރާ މޭޒު.
  • ރެފަރެންސް މޭޒު — ސައިކްލޮޕީޑިކް މައުޟޫޢުތަކާ ބެހޭގޮތުން ދިރާސާ ސުވާލުތައް ކުރުން.
  • ވިލެޖް ޕަމްޕް — ޚުދު ވިކިޕީޑިއާއާ ބެހޭ މަޝްވަރާތަކަށް، ފަންނީ މައްސަލަތަކާއި ބެހޭގޮތުން ސުވާލުތައް ކުރުން.
  • ޢާންމު ހޮޅުއަށި — އެޑިޓަރުންނަށް ޚާއްޞަ މަރުކަޒީ ހަބެއް، ވަސީލަތްތަކާއި، ލިންކްތަކާއި، މަސައްކަތާއި، އިޢުލާންތައް ހިމެނޭ ތަނެއް.
  • ސައިޓް ޚަބަރު — ވިކިޕީޑިއާ އާއި ވިކިމީޑިއާގެ ފުޅާ ހަރަކާތާ ބެހޭ ޚަބަރުތަކުގެ މަސްދަރުތައް.
  • ލޯކަލް އެމްބަސީ — ދިވެހިބަސް ފިޔަވައި އެހެން ބަސްބަހުން ވިކިޕީޑިއާއާ ގުޅުންހުރި މުއާމަލާތްތަކަށްޓަކައި.

ވީކިޕީޑިއާގެ އަޚަވީ މަޝްރޫޢުތައް

ވީކިޕީޑިއާ އަކީ ލާވިޔަފާރީ މުއައްސަސާއެއް ކަމުގައިވާ، ވީކިމީޑިއާ ފައުންޑޭޝަން އިން ޤާއިމުކޮށްފައިވާ މިނިވަން އަދި ޢާއްމު އެކުމާފާނެކެވެ. ވީކިމީޑިއާ ފައުންޑޭޝަނުން ދުނިޔޭގެ ތަފާތު އެކި ބަސްބަހުން ލާވިޔަފާރީ ޢުޞޫލުން މަޢުލޫމާތު ފޯރުކޮށް ދިނުމުގެ އެތައް މަޝްރޫޢެއް ހިންގަމުންދެއެވެ.

އެހެނިހެން ބަސްބަހުން ވިކިޕީޑިއާ